މިނިސްޓަރު ޢަލީ އިހްސާންގެ ހޯމް މިނިސްޓަރުކަމުގެ ޒައާމަތުގައި ގިނަ އަދި ފާހަގަކޮށްލެވޭ ކާޔާމިބީތަކެއް ދަނީ ހޯއްދަވަމުންނެވެ. ގިނަ ދާއިރާތަކަކުންނެވެ. ޕޮލިހާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ޕްރިޒަންސް އަދި ޓެކްނޮލޮޖީގެ ދާއިރާ ފާހަގަކޮށްލެވެއެވެ. ވަކި ވަކި މައްސަލަތަކަށް ބަލާއިރު ބިދޭސީންގެ މައްސަލައާއި ގޭންގް މައްސަލައާއި ތަހުގީގުތައް ހަރުދަނާކުރުމުގެ ދާއިރާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގެ މައްސަލަ ލިސްޓް ކޮށްލެވެއެވެ. މީގެ ތެރެއިން މިފަހަރު ހުލާސާކޮށް ޕޮއިންޓް ފޯމަށް މި ހުށަހައަޅައިދެނީ މަސްތުވާތަކެތީގެ މައްސަލާގައި ހޯއްދަވާފައިވާ ކާމިޔާބީތަކެވެ. މިއީ އެންމެ ކާމިޔާބު އަދި ނަމޫނާ ވަޒީރަށް އިހްސާން ވާ ބައެއް ސަބަބުތަކެވެ؛
1. މަސްތުވާތަކެތީގެ ޑިމާންޑާއި އަދި ސަޕްލައި ކުޑަކުރުމަށް ޤާނޫނީ ގޮތުން ހުރި ހުރަސްތަކާއި ދަތިތައް ނައްތާލާ، އޭގެ ވިޔަފާރި ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމާއެކު، މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު ބޮޑެތި އިސްލާހު ގެނައުމަށް ބިލެއް ފަރުމާކޮށް އެޓާނީޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. މިއީ ސީދާ އަދި ނުސީދާ ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމުގައިވިއަސް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓަރ އިހްސާން ހުންނެވީ މަސްތުވާތަކެތީގެ މައްސަލަތަކަށް ދޫދެއްވާ ގޮތަކަށް ނޫނެވެ.
2. 2024 ވަނަ އަހަރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން، މަސްތުވާތަކެތީގެ އެކި ބާވާތްތަކުން ޖުމްލަ 654.15 ކިލޯ ގްރާމް އަދި 10486 ބަނގުރާފުޅި/ދަޅު ވަނީ އަތުލައިގަންފައެވެ. މިއީ މަގުމަތީގެ އަގުން ބަލާނަމަ 1،352،560،834.45 ރުފިޔާގެ މަސްތުވާތަކެއްޗެވެ. ބަރުދަނަށް ބަލާއިރު މި އަދަދަކީ 2023 ވަނަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު %478 އިތުރު އަދަދެކެވެ.
3. 2024 ވަނަ އަހަރު ޑްރަގް އެންފޯސްމަންޓްއިން މަސްތުވާތަކެތި އަތުލައިގަތުމުގެ ތަފާތު 4929 އޮޕަރޭޝަން (އިންޓެލް އަދި ސްޓްރީޓް) ހިންގާފައިވެއެވެ.
4. އަތޮޅު ތެރޭގައި ހުރި މަސްތުވާތަކެތީގެ ޑިސްޓްރިބިއުޝަން ރިންގުތައް ދެނެގަނެ އެތަންތަނަށް ޓާގެޓްކޮށްގެން 11 އަތޮޅެއްގައި އޮޕަރޭޝަންތައް ހިންގިއެވެ.
5. ބަނގުރާ ދޫކުރެވޭ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން ބަނގުރަލުގެ ވަގު ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން، އެފަދަ އުޅަނދުތައް ދާއިމީ ގޮތެއްގައި މޮނިޓަރކުރަން ފެށުމަކީވެސް މިނިސްޓަރ އިހްސާން ޚާއްސަ އިސްކަމެއް ދެއްވި ކަމެކެވެ. އެމަސައްކަތް މިހާރު ބަރާބަރަށް ކުރަމުން އެބަ ގެންދެއެވެ.
6. މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް، ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާބިދޭސީން ހައްޔަރުކޮށް 24 ގަޑިއިރުތެރޭ ޑީޕޯރޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ.
7. ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާއި އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އަމާޒުކޮށް، އޮޕަރޭޝަން ފަނާރުގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި ފަރުވާ ކުރިޔަށް ގެންދިޔުން. އެގޮތުން ފަރުވާ ނުފެށިތިބި 700 މީހުންގެ ތެރެއިން %85 މީހުންގެ ފަރުވާ ވަނީ ފުރިހަމަކޮށްދެވިފައެވެ.
8. ޏ.ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި މެތަޑޯން ފަރުވާ ގެ ޚިދުމަތް އަލުން ފެށިއެވެ.
9. ގއ.ދާންދޫގައި ޑީޓޮކްސިފިކޭޝަންގެ ޚިދުމަތް އަދި ޅ.ނައިފަރުގައި އައުޓްޕޭޝަންޓްކޮށް ބިޕްރޮނޮފިން ފަރުވާގެ ޚިދުމަތް ވަނީ ފަށާފައެވެ.
10. ނޭޝަނަލް ޑްރަގް އޭޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރގެ ޚިދުމަތް، ހުޅުމާލޭގައި ހުންނަ ހާފްވޭހައުސްގައި ގާއިމްކޮށް، ފިރިހެނުން ރިމާންޑް ކުރެވޭ ތަނެއްގެ ގޮތަށް ބަދަލު ގެނައުމާއި ، ހިންމަފުށީގައި ހުންނަ އަންހެނުންގެ ފަރުވާދޭ މަރުކަޒުގައި ރިމާންޑް ސެންޓަރގެ އަންހެން ވިންގ ގާއިމްކުރެވުނެވެ.
11. ކ.ހިންމަފުށީގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ޖާގަ އިތުރުކޮށް އެ މަރުކަޒުގައި ރިމާންޑްގެ ޚިދުމަތް ވަނީ ފަށާފައެވެ.
12. އަންހެނުންގެ ފަރުވާދޭ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން، ކ.ހިންމަފުށ ގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރުވާދޭ މަރުކަޒު ޑީޓީއާރުސްގެ ތެރޭގައި ވަކިން ދެވޭގޮތް ވަނީ ހަމަޖެއްސިއެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ގައުމީ ބޮޑު މައްސަލައެކެވެ. އެކަން މިނިސްޓަރ އިހްސާންއަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން އެމަނިކުފާނު އެގެންދަވަނީ އެކަން ސާބިތުކޮށްދެއްވަމުންނެވެ.