އެމްޑީޕީ މުޒާހަރާއަށް ފުރުސަތުދީ ސެކިއުރިޓީ ދޭނަން: ފުލުހުން
ދެންމެ | 31 ޖެނުއަރީ 2025

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ”ގާނޫނު އަސާސީގެ ދިފާއު“ ގެ ނަމުގައި މިރޭ މާލޭގައި ބާއްވާ ހިނގާލުން ބޭއްވުމަަށް ފުރުސަތުދީ ސެކިއުރިޓީ ދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހިނގާލުމާ ގުޅޭގޮތުން އެމްޑީޕީއާ އެކު މަޝްވަރާ ކުރެވި، ހިނގާލުން ކުރިއަށްދާ ވަގުތު ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެއިތުރުން މާލެތެރެ ބެލެހެއްޓުމަށް މިރޭ ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 08:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެެ. އެ ހިނގާލުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ މާލެއަށް އައިސްފައެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ބާއްވާ މިފަދަ ފުރަތަމަ ބޮޑު އެއްވުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!