މެމްބަރު އިސްމާލާއި ރަކިކޮށްލައި މުޅި ދުވާފަރުން 53 ޕަސެންޓް ވޯޓް ރައީސް ނަސީދު ހޯއްދެވި: ދުވާފަރު އާމިރު
ދެންމެ | 30 ޖެނުއަރީ 2023

މެމްބަރު އިސްމާލާއި ދެކޮޅަށް މުޅި ދުވާފަރުން 53 ޕަސެންޓް ވޯޓް ރައީސް ނަސީދު ހޯއްދެވި ކަމަށް އެމްޑީޕީގެ އެކްޓިވިސްޓް ދުވާފަރު އާމިރު ބުނެފި އެވެ.

އާމިރު ބުނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް ދުވާފަރު އެމްޑީޕީން ފެއިލްކޮށްލާފައިވާ ކަމަށާއި ސަރުކާރުގެ ނުފޫޒާއި ފައިސާގެ ބާރުގައި ވެސް ދުވާފަރުން މެޖޯރިޓީ އިސްމާއިލަށް ނުލިބުނު ކަމަށެވެ.

“ މެމްބަރު އިސްމާއިލް ބުނީ ދުވާފަރުން 75 ޕަސެންޓުން މަތިން އިބޫއަށް ހޯދާނެ ކަމަށް. އެކަމު އިބޫއަށް ދުވާފަރުން ލިބުނީ 47 ޕަސެންޓް ވޯޓް.“ ދުވާފަރު އާމިރު ބުންޏެވެ.

އާމިރު ބުނީ ދުވާފަރު އެމްޑީޕީ މެމްބަރުންނަކީ ގަބޫލު ކުރާ އުސޫލުތަކެއް މަތީ ސާބިތުވެ ތިބޭ ބައެއްކަން މިހާރު މެމްބަރު އިސްމާއިލަށް ސާފް ވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!