ރައީސް އޮފީހުން ބަސްނާހާ ނުކިޔާ ދަރިވަރުންނަށް ހާއްސަ ސެކްސަނެއް އުފައްދައިފި
ދެންމެ | 02 ފެބްރުއަރީ 2025
ރައީސް އޮފީހުގައި ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓެއް އުފައްދައިފިއެވެ.

މި ސެކްޝަން އުފެއްދީ ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށް ޚާއްސަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ހިންގުމަށެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އާ ސެކްޝަނަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުމަށް ހުޅުވާލައިފައިވާ ކަމަށެވެ. ޑެޕިއުޓީ ޑިރެކްޓަރުގެ މުސާރައަކީ 15،918 ރުފިޔާ ކަމަށާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މުސާރައަކީ 14،700 ރުފިޔާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސްރުގެ ދުވަހު އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން އުމުރުން 16 އަހަރު ވުމުން ފުލުހުންގެ ނުވަތަ ސިފައިންގެ ތަމްރީނަށް ދާންޖެހޭނެއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު 2000 އާއި 3000 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން އޭލެވެލްއަށް ވަދެވޭ ވަރަށް އޯލެވެލްއިން ފާސްނުވެއެވެ. އަދި 500 އާއި 1000 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން އޭލެވެލް ނިންމުމަށްފަހު ޑިގްރީ ނުފެށެއެވެ. މި ޕްރޮގްރާމަށް ކޮންމެ އަހަރަކު 400 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!