ވަގަކު ދިފާއުކޮށް، ކުއްވެރިޔަކަށް ވިޔަފާރިވެރިޔާ ހަދައިފި
ދެންމެ | 11 ޖުލައި 2022

މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް މީހުން ގޮސް ތިބި ވަގުތު މާލޭގެ ފިހާރައެއް ކުރިމަތިން 12 ކޭސް ފެން ވަގަށް ގެންދިޔަ މައްސަލާގައި އެ ފިހާރައިގެ ވެރިމީހާ ގޯސްވެފައި ވާކަމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފި އެވެ.

އެ ފިހާރަ ހިންގަމުން އަންނަ ފަރާތުގެ ދަރިއެއް ވަނީ އެ ފެން ކޭސްތައް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ޓުވިޓާގައި ހިއްސާ ކޮށް އެމީހާ ދެނެގަތުމަށް އާއްމުންގެ އެހީއަށް އެދިފަ އެވެ.

އެއާއި އެކު އެ ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ވަނީ ފެން ކޭސްތައް ވަގަށް ގެންދިޔާއި ރަނގަޅަކަށް ކަމަށް ބުނެ އެ ފަރާތައް ހަޖޫ ޖަހާފަ އެވެ.

އެގޮތުން ފިހާރަ ދޮރުމައްޗަކީ ފިހާރައިގެ ތަނެއް ނޫން ކަމަށާއި، އެތަނުގައި ހުންނަ ތަކެތި ގެންދިއުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެހެން ބައެއް ފަރާތްތަކުން ވަނީ، ގަދަ ހޫނުގައި ފެން ކޭސްތައް ބަހައްޓައިގެން އާއްމުންނަށް ވިއްކުމުން ވާނެގޮތް ވީކަމަށްވެސް ބުނެފަ އެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ، ވައްކަން ކުރި މީހާ އެ ކޮށްދިނީ ހެޔޮ ކަމެއް ކަމަށާއި، އެތަނުން އެ ކޭސްތައް ނަގައިގެން ގެންދިޔައީ، އެތަނުގައި ޕާކު ކުރާނެ ޖާގަ ބަޔަކަށް ހޯދައި ދިނުމަށްކަމަށްވެސް ބުނެފަ އެވެ.

މިކަމާއި ގުޅިގެން ޓުވިޓާގައި ވީޑިއޯ ހިއްސާ ކުރި ފަރާތުން ވަނީ، ބައެއް މީހުން ކުރި މަލާމާތާއި، ކުރި ފުރައްސާރައިގެ ވާހަކަ ހިއްސާ ކޮށްފަ އެވެ.

”ވަގަށް 12 ކޭސް ފެން ވަގަށް ނަގައިގެން އެ ވަގަށްނެގި މީހާގެ ވީޑިއޯ ހިއްސާ ކުރީ އެމީހާހޯދަން އެހީއަކަށް އެދި. އެކަމަކުން ގޯސްވީ އެތާގަ ފެންކޭސް ބެހެއްޓި މީހާ. އަވީގަ ޕްލާސްޓިކް ފުޅި ބަހައްޓާފަ އެ ވިއްކަނީ ކީއްކުރަން ހޯ. ރަނގަށޯ އެވީ. ސާބަސް ހަމަ.“

މީގެ އިތުރުން އެފަރާތުން ބުނީ، އެ ފިހާރައަކީ އަވީގައި ފެން ބަހައްޓައިގެން ވިއްކަމުން އަންނަ ފިހާރައެއް ނޫން ކަމަށާއި، އެ ފިހާރައިގެ ދޮރުމަތީ މުދާ ބަހައްޓައިގެން ވިއްކަމުން ނުދާކަމަށްވެސް ބުނެފަ އެވެ. އަދި އެންމެ ފަހުން ގޯސް މިވީ ވައްކަން ކުރި މީހާ ނޫން ކަމަށާއި، ގޯސްވީ އެ ފެން ކޭސްތައް ބެހެއްޓި ފަރާތްތަކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!