މާލޭ އަމީނީ މަގު ގަސްތައް ކަނޑާތީ ރައީސް ނަސީދު ކޯޓަށް.
ދެންމެ | 29 ސެޕްޓެމްބަރ 2022

އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއިއަށްދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެ ގަސްތައް ކެނޑުން ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައްޔާރުވެއްޖެ އެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީން )މިހާރު އަންނީ އެ މަގުގައިވާ ގަސްތައް ނަގަމުންނެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ސިޔާސީ އެތައްބައެއްގެ އިތުރުން އާއްމުންގެ އެތައްބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަން ހުއްޓުވަން ޝަރީއަތަށް ވެސް ދާނެ ކަމަށް ނަޝީދު މަޖިލީހުގައި އިންޒާރު ދެއްވާފައިވަނިކޮށް، ޝުނާނާ އެންޑް ކޯ ލޯ ފާމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ފާމުގެ މުވައްކިލު ނަޝީދުގެ ފަރާތުން މާދަމާގެ ވަގުތެއްގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޝުނާނާ އެންޑް ކޯ ލޯ ފާމުން ކުރި ޓުވީޓުގައިވަނީ މި މައްސަލަ ކޯޓަށް ހުށަހަޅަނީ އަމީނީ މަގުން ގަސްތައް ކެނޑުން ނުހުއްޓުވައިފިނަމަ، ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ވާނެތީ ކަމަށް ބުންޏެވެ.

“އަދި އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދޭނަން،” އެ ޓްވީޓުގައި ބުންޏެވެ.

އަމީނީ މަގުހެދުމުގައި މަގުގައި އިންދާފައިހުރި ގަސްތައް ކަނޑާތީ ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އޮތުމުން އެމައްސަލަ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ އިއްޔެ ހުށަހަޅާފައެވެ.

ގަސް ކެޑުމުގެ މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ވެސް ގަސްތައް ކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!