ޔޫރިން ނުވަތަ ގޮރަށް ދިވެހި ބަހުން ”މޫތު“ ކިޔައިފި
ދެންމެ | 20 ފެބްރުއަރީ 2025

ދިވެހިބަހުގެ އެކެޑަމީން އައު ލަފްޒުތަކެއް ހެދިއިރު، ”ޔޫރިން“އަށް މޫތު ކިޔުމުން ހެއްވާ މަޖާ ކަމަކަށްވެ ގިނަބަޔަކު މީސްމީޑިއާގައި ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވިއްޖެއެވެ.

ދިވެހިބަހުގެ އެކެޑަމީން އައު ދިވެހި ލަފްޒުތަކެއް އުފައްދާ ގެޒެޓްކޮށްފައިވާއިރު، އެބަސްތަކަކީ 2024 ވަނަ އަހަރު އެ އެކެޑަމީގެ ބަސް ކޮމިޓީން އުފައްދާފައިވާ އައު ލަފްޒުތަކާއި މާނަތައް ކަމަށް ބުނެފައިވެއެވެ.

ދިވެހިބަހުގެ އެކެޑަމީން ފާސްކޮށް އެ އިދާރާގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ސޮއި ކުރައްވާފައިވާ މި ލިސްޓުގައި 160 އައު ލަފްޒާއި މާނަ ހިމެނެއެވެ. މި ލިސްޓުގައި ދިވެހީން މިހާރުވެސް ބޭނުން ކުރަމުން އަންނަ ގިނަ ބަސްތައް ހިމެނެއެވެ.

ދިވެހީން އާންމުކޮށް ބޭނުންކުރަމުން އަންނަ އިނގިރޭސި ބަސްތަކަށް އައު ލަފްޒުތައް އުފައްދާފައިވާއިރު، އެންމެ ގިނަ ބަޔަކު އަޅައިގަތީ ކުޑަކަމުދާ ތަކެތި ”ޔޫރިން“ މި ބަހަށް އުފައްދާފައިވާ އައު ބަސް ކަމުގައިވާ “ މޫތު“ މި ބަސް އިތުރުކުރުމުންނެވެ.

ދިވެހިބަހުގެ އެކެޑަމީން ކުޑަކަމުދާ ތަކެއްޗަށް އައު ލަފްޒެއް އިތުރުކޮށްފައިވާއިރު، ފަހަރުވާ، ހީސް އަދި ގޮރު މީ ”ޔޫރިން“ އަށް ދިވެހި ބަހުން ބޭނުން ކުރާ ބަސްތަކެވެ.

އަލަށް އުފެއްދި ލަފްޒުތަކުގެ ތެރޭގައި ގެސްޓްހައުސް- ފަތުރުވެހި، ސީޕްލޭން- ކަނދުބޯޓު، ޕޮލިއުޝަން- ވިސަޑް، ރެސިޕީ- ރަހަފަތް، ފުޑްކޯޓް- ކާނާވެނި، ފަދަ ބަސްތައް ހިމެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޫތު މި ބަހަކީ ކުޑަކަމުދާ ތަކެއްޗަށް ބަންގުލަދޭޝް މީހުން ކިޔާ ނަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!