އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
ދެންމެ | 24 ޖޫން 2022

އެސްޓީއޯއިން ބުނީ، އެފްއެސްއެމްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.55ރ އަށް ކަމަށާއި ޑީސަލް ލީޓަރެއް 16.77ރ. އަށް ކަމަށެވެ. އެންމެ ފަހުން އެސްޓޯއީން ތެލުގެ އަގު ބޮޑުކުރީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ފަހަރު ބޮޑުކުރި އަގަކީ ޕެޓްރޯލް ލީޓަރެއް 14.60ރ. އަދި ޑީސަލް ލީޓަރެއް 14.80ރ. އަށެވެ. އެހެންކަމުން މިއީ ކުރިން ވިއްކި އަގަށްވުރެ ލީޓަރަކުން 2 ރުފިޔާގެ ބޮޑުވުމެކެވެ.

މިއީ މިއަހަރު ފެށުނުފަހުން އެސްޓީއޯއިން ތެލުގެ އަގަށް ބަދަލުގެނައި 4 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!