އަންހެން ޓީޗަރަކު ފިރިހެން ދަރިވަރެއް ޖިންސީ ގޮތުން ތައްޔާރު ކުރި މައްސަލައެއް ފުލުހުން ތަހްގީގް ފަށައިފި
ދެންމެ | 20 ފެބްރުއަރީ 2025

އަންހެން ޓީޗަރަކު ފިރިހެން ދަރިވަރެއް ގްރޫމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސައުތު ޕޮލިސް ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު، އެ ސްކޫލުގެ ގްރޭޑް 8 ގެ ފިރިހެން ދަރިވަރެއް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

”މި މައްސަލަ އާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން،“ ފުލުހުންގެ މެސެޖުގައިވެ އެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ އެ ހިދުމަތުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!