ދޮންކެޔޮ އަނގަޔަށް ވިރުވާލުމުގެ ފައިދާ!
ދެންމެ | 03 މާރޗް 2025

ދޮންކެޔޮލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެކެވެ. މި މޭވާގައި ވިޓަމިން ސީ، ވިޓަމިން ބީ 6، ޕޮޓޭސިއަމް، ރައިބޯފްލެވިން، ނިއާސިން އަދި ފައިބަރ ފަދަ މުހިންމު މާއްދާތައް ގިނަ މިންވަރަކަށް އެކުލެވިގެންވެ އެވެ.

 

ދޮންކޭލުން ލިބޭ ފައިދާތަކުގެ ތެރޭގައި:

* ލޭ އުފެއްދުން އިތުރުކުރުން

* ކިޑްނީ އަދި ލިވާ ސާފުކުރުން

* ސްޓްރެސް ކުޑަކުރުން

* ދިފާޢީ ނިޒާމު ވަރުގަދަކުރުން

* ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ހިފެހެއްޓުން

* ހިތުގެ ބަލިތަކުން ރައްކާތެރިވުން

މީގެ އިތުރުން، ދޮންކެޔޮ ކެއުމުން ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ގޭހުގެ މައްސަލަތައް ކޮންޓްރޯލް ކުރުމަށާއި، ބަނޑު ހިއްކުމަށާއި، ބަނޑުގައި ނަގާ އަލްސާތައް ފަސޭހަކުރުމަށާއި، މޭ އެންދުން ފަދަ އުނދަގޫތަކުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ.

ދޮންކެޔޮގައި އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވިފައިވާތީ، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދެ އެވެ. އަދި ހަކުރުގެ މިންވަރު މަތިވުމާއެކު، ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަހަށް ފޯރުކޮށްދެ އެވެ.

މާބަނޑު އަންހެނުންނަށް ދޮންކެޔޮލަކީ ޚާއްޞަކޮށް ފައިދާ ހުރި މޭވާއެކެވެ. ސަބަބަކީ ބަނޑުގައިވާ ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތައް ދޮންކޭލުން ލިބޭތީ އެވެ. މީގެ އިތުރުން، ދުޅަހެޔޮ ސިއްޙަތެއްގައި ހެޔޮވަރުގެ ހަށިގަނޑެއް ދެމެހެއްޓުމަށް ދޮންކެޔޮއަކީ އެންމެ ރަނގަޅު އެއް މޭވާއެވެ.

ދޮންކެޔޮލަކީ ރުހުންލިބިފައިވާ، ރަހަ މީރު އަދި ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެކެވެ. ދިވެހިންގެ ކެއުމުގެ އާދަތަކުގައި ދޮންކެޔޮ ހިމެނުމަކީ ސިއްޙަތަށް ވަރަށް ފައިދާ ހުރި ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!