އީދު ނަމާދަށް ހާޒިރުނުވި އިމާމު 5 އަހަރަށް ސަސްޕެންޑްކޮށްފި
ދެންމެ | 30 މާރޗް 2025

ހުޅުމާލެ މަސްޖިދު އަޒީޒާ މޫސާގައި މިއަދު ޢީދު ނަމާދުކުރަން ހަމަޖައްސާފައިވާ އިމާމު ހާޒިރުނުވުމާ ގުޅިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާމުވެ ނަމާދުކުރުމާއި ހުތުބާ ކިޔުމުގެ ފުރުސަތު 5 އަހަރު ދުވަހަށް ނުދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި، ހުޅުމާލޭ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތްވެސް މިއަދު ހާޒިރުވެފައި ނުވެއެވެ. މިކަމާ ގުޅިގެން އުސޫލުގެ ތެރެއިން މައްސަލަ ބަލައި، އިމާމުކަން ހަވާލުކޮށްފައިވާ ފަރާތް 5 އަހަރު ދުވަހަށް ސަސްޕެންޑްކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިސްކިތުގައި އިމާމަކު ނެތުމުން މިއަދު ނަމާދު ކުރީ ބޭރު މީހެކެވެ.

މީގެ އިތުރުން، ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ މިސްކިތުގެ އަސްލު އިމާމުކަމަށްވާތީ، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރުނުވި މައްސަލަ ވަކިން ބަލައި، އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރުމަށް ކަމާބެހޭ ޔުނިޓަށް އަންގާފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!