އިމްރާނަކީ ދުވަހަކު ވެސް ގޯހެއް ހަދާނެ އިންސާނެއް ނޫން: ޑރ. އިޔާޒް
ދެންމެ | 27 އޮކްޓޯބަރ 2022

މަޤާމުގެ ދަހިވެތިކަމުގައި ދާޚިލީވަޒީރު އިމްރާން ޢަބްދުالله ގޯހެއް ނުހައްދަވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޤާމުގެ ދަހިވެތިކަމުގައި އިމްރާން ކޮންމެފަދަ ކަމެއްވެސް ކުރަށްވަފާނެ ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އެއްވެސް ސަބަބަކަށްޓަކައި، ދީނަށާއި ޤައުމަށް އިމްރާން ޣައްދާރު ނުވާނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށެވެ.

”ފިތުނަފަސާދަ އުފައްދަން ދޮގުފެތުރުން ހުއްޓާލާ.“ ޝިޔާމަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވެފައިވެއެވެ.

ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމާއި އިމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދައްކަވާ ވާހަކަފުޅު ތެދުކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.

އިމްރާން އަބުދުﷲ ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ޞާލިޙް ވިދާޅުވީ ތެދު ބަސްފުޅެއް ކަމަށް ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް އިމްރާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!