ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހައްޔަރު ކޮށްފި
ދެންމެ | 05 އޭޕްރިލް 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަ ކޮށްފިއެވެ.

ފުލުހުން ބުނީ ވަޒަންތައް ފެނިފައިވަނީ ރޭ އެއާޕޯޓަށް ފުރަންދިޔަ ބިދޭސީއެއްގެ އަތުން ކަމަށެވެ.

އެ ބިދޭސީ މީހާ ވަނީ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޞިރުކުރުމުން 6 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް އެ ބިދޭސީ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!