ރައީސެއްގެ ބޭނުންފުޅަށް އެންމެ ކުޑަ ޚަރަދެއް ހިނގަނީ މިދައުރުގައި، ފަތުރަނީ ބޮޑު ދޮގެއް: އިގްބާލް
ދެންމެ | 12 އޭޕްރިލް 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރިއްކޮޅަށް ހިނގާ ޚަރަދަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިކަމަށް ހިނގާ އެންމެ ކުޑަ ޚަރަދު ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ކަންކަން އިސްކޮށް ބަލަހައްޓަވާ އިޤްބާލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

މީގެ އިތުރުން، މިކަމާއި ގުޅިގެން ގުޅާލުމުން މިނިސްޓަރ އިޤްބާލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ފަރިއްކޮޅަށް ހިނގާ ޚަރަދަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިކަމަށް ހިނގާ އެންމެ ކުޑަ ޚަރަދުކަމަށެވެ.

މިނިސްޓަރު އިޤްބާލް އާދަމް ވަނީ މިފަދަ ޙަޤީޤަތާ ޚިލާފު ދޮގު ޚަބަރުތައް ނުފެތުރުމަށް ގޮވާލައްވާފައެވެ. އަދި މީޑިއާތަކުން މަޢުލޫމާތު ގެނެސްދޭއިރު ޒިންމާދާރުކަމާއެކު ޙަޤީޤަތް ހާމަކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!