ސުސްމީތާ މިފަހަރު ހިތާވީ މުސްކުޅި މުއްސަންޖަކާ
ދެންމެ | 15 ޖުލައި 2022

1994 ވަނަ އަހަރު މިސް ޔުނިވަރސްގެ ތާޖު އެޅި ފުރަތަމަ އިންޑިއާގެ ރައްޔިތެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ސުޝްމިތާ ސެން މިހާރު ހުރީ ހުސްކޮށް ނުން ކަން އިއުލާންކޮށްފިއެވެ.

ސުޝްމިތާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަލިތު މޯދީ އާއެވެ. އެގޮތުން ލަލިތު ވަނީ އިއްޔެ މީސްމީޑިއާގައި އެކްޓަރު ސުޝްމިތާ ސެން އަކީ އޭނާގެ ލޯބިވެރިޔާކަމަށް ބުނެ ދެމީހުން އެކުގައިވާ ފޮޓޯތަކެއް ހިއްސާކޮށް ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފަ އެވެ. މިއާއެކު ދެމީހުން ކައިވެނި ކޮށްފިކަމަށް ބުނެ ގިނަ ބަޔަކު ލަފާކުރިނަމަވެސް، ލަލިތު ވަނީ އަދި ކައިވެނި ނުކުރާކަމަށްވެސް ބުނެފައެވެ.

ސުޝްމީތާ ސެން މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މޮޑެލް ރޯމަން ޝޯލް އާއިއެވެ. ގިނަ ދުވަސްތަކެއް ވަންދެން މިގުޅުން ދެމިގެން ދިޔަ ނަމަވެސް 2021 ވަނަ އަހަރު މިދެމީހުން ވަނީ ވަކިވެފައެވެ.

ލަލިތު ކުމާރު މޯދީ އަކީ އިންޑިއާގެ ވިޔަފާރިވެރިއެއްގެ އިތުރުން ކްރިކެޓް އެޑްމިނިސްޓްރޭޓަރެކެވެ. އަދި އެއީ މިހާރު ފިލައިގެން އުޅޭ މީހެއްކަމަށްވެސް ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ.

އޭނާ އަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ފައުންޑަރ، ފުރަތަމަ ޗެއާމަން އަދި ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި މީހެކެވެ. އެގޮތުން 2010 ވަނަ އަހަރާ ހަމައަށް ތިން އަހަރު ވަންދެން މި މުބާރާތް އޭނާ ހިންގި އެވެ.

ނަމަވެސް އައިޕީއެލް 2010 ނިމުނުތާ މާގިނަ ދުވަހެއް ނުވެ އޭނާ ވަނީ އިންޑިއާ،ގެ ކްރިކެޓް ބޯޑުން ދުރުކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ގަވާއިދާ ހިލާފުވިކަމަށާއި، ޑިސިޕްލިން ނެތުމާއި، މާލީ ގޮތުން ގަވާއިދާ ހިލާފު ކަމުގެ ތުހުމަތުގައެވެ.

މިކަމާ ގުޅިގެން ބީސީސީއައި އިން އޭނާގެ މައްޗަށް ތަހުގީގެއް ހިންގައި، 2013 ވަނަ އަހަރު އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވާ ކަމަށް ކޮމެޓީއަކުން ކަނޑައެޅުމުން ކްރިކެޓް ދާއިރާއިން އޭނާ ވަނީ އުމުރަށް ދުރުކޮށްވެއެވެ.

ނަމަވެސް މޯދީ ވަނީ އޭނާގެ މައްޗަށް ކުރެވޭ މިތުހުމަތުތަކަށް އިންކާރު ކޮށް، އެތުހުމަތުތަކަކީ ސިޔާސީ ވާދަވެރިކަމާއެކު އައި ތުހުމަތުތަކެއްކަމަށް ބުނެފައެވެ. މިތުހުމަތުތަކާއެކު އޭނާ ފަހުން ވަނީ ލަންޑަނަށް ދިރިއުޅުންވެސް ބަދަލުކޮށްފައެވެ.

މޯދީ އަކީ މޯދީ އެންޓަޕްރައިސަސްގެ ރައީސް އަދި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ގޮޑްފްރޭ ފިލިޕްސް އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!