ދެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި އެއީ އަޅުގަނޑެއް ނޫން: ނާޒިމް ސައްތާރު
ދެންމެ | 24 ޖޫން 2022

ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަ އެކަކީ ގާނޫނީ ވަކީލް ނާޒިމް އަަބްދުއްސައްތާރުކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

މި ވީޑީއޯއާއި ގުޅޭގޮތުން ސުވާލެއް ކޮށްލުމުން އޭނާ ވިދާޅުވީ އެ ތުހުމަތަށް ސާފުކޮށް އިންކާރުކުރާކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ނާޒިމް ސައްތާރު ވައްތަރު މީހަކު ބިދޭސީ ފިރިހެނަކާއި މެދު ޖިންސީ އަމަލު ހިންގާ މަންޒަރެވެ.

ލީކުވެފައިވާ ވީޑިއޯއާއި ބެހޭގޮތުން ނާޒިމް ވަނީ އެއީ އޭނާގެ ވީޑިއޯއެއް ނޫން ކަމަށް ބުނެފަ އެވެ. ނާޒިމް ސައްތާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

މި ވީޑިއޯ އާއި ވީޑިއޯއިން ނަގާފައިވާ ބައެއް ސްކްރީން ޝޮޓްތަކާއެކު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނައިރު ގިނަ ބަޔަކު މިހާރު އަންނަނީ ނާޒިމް ހައްޔަރުކުރުމަށްވެސް ގޮވާލަމުންނެވެ.

މި ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވޭތޯ އެހުމުން ފުލުހުންގެ ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ. ވީޑިއޯގެ މައްސަލަ އަމިއްލައަށް ޕޮލިހަށް ހުށަހަޅާފައިވާނެތޯ އެހުމުން ނާޒިމް ވިދާާޅުވީ “ނޯ ކޮމެންޓް” ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!