ބަންގާޅިން ފެލި ސަމްއާން މަގާމް ގެއްލުމުން އެންމެން ބަޗައިފި، މިހާރު އެކަކު ވެސް ނެތް: އަނބިމީހާ
ދެންމެ | 22 އޭޕްރިލް 2025

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް، އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ރޭ ބުނެފި އެވެ.

އިންސްޓަގްރާމްގެ ސްޓޯރީގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ފްރޭމްކޮށް، ”ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ“ މަސް ދުވަސް ވެފައިވާ ކަމަށް ވިދާޅުވިއަސް، ފްރޭމްކުރި ކަމަށް ކުރާ ތުހުމަތުގެ އިތުރު ތަފުސީލެއް ހިދުފާ ނުދެއްވަ އެވެ.

މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގެ ބޭރުން އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.

އެ ބިދޭސީމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އޮޕަރޭޝަން ވެސް ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އެ އިދާރާގައި އޮންނަ ޓީމުން ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، އޭނާގެ ބަންދަށް ފުރަތަމަ 15 ދުވަސް ދީ، އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!