ބަރެސްދޫ ތަރައްގީ ކުރާ އެމްއައިޓީޑީސީ ބޯޑަށް އާސިޔާ އައްޔަންކޮށްފި
ދެންމެ | 03 އޯގަސްޓް 2022

ލާމް އަތޮޅު ބަރެސްދޫ އާއި ރާއްޖޭގެ ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި, މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޑިރެކްޓަރުން ބޯޑަށް ފާތިމަތު އާސިޔާ އައްޔަން ކުރައްވައިފި އެވެ.

އާސިޔާ ވަނީ އިގިރޭސިވިލާތުގެ ސެޓެފާރޑްސާ ޔުނިވާރސިޓީން މާސްޓަރ އޮފް ފައިނޭންސް ހާސިލް ކުރައްވާފަ އެވެ. އަދި ޔުނިވަރޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާސް އޮފް އާރޓްސް، އެކައުންޓިން އެންޑް ފައިނޭންސް ވެސް ފުރިހަމަ ކުރައްވާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖަރ ޓްރެޝަރީ އެންޑް ފައިނޭންސްގެ މަގާމް އަދާ ކުރައްވާފައިވާ އާސިޔާ އަކީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުން ބޯޑަށް ވެސް ކުރިން އައްޔަން ކުރައްވާފައިވާ މެމްބަރެކެވެ.

ރައީސް އޮފީހުން ނަން ފޮނުވުމުން ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑްގެ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!