ސަރުކާރު ކުންފުނިތަކުގެ ތަރައްގީގެ މަސްރޫޢުތައް ރައީސާއި ހިއްސާ ކޮށްފި
ދެންމެ | 22 އޭޕްރިލް 2025

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ރައީސް މުހައްމަދު މުއިއްޒަށް ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ކެބިނެޓް ސެޝަނެއްގައި އެސްއޯއީތަކުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރި ކަމަށެވެ.

މި ބައްދަލުވުމުގައި ކުންފުނިތަކުގެ އެމްޑީން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތަކާއި ރާއްޖޭގެ ތަރައްގީއަށް އެ މަސައްކަތްތައް އަވަހަށް ނިންމުމުގެ މުހިންމުކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނީއެވެ.

ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި މަގުހެދުން އަދި ފެނާއި ނަރުދަމާ، ހައުސިން ޔުނިޓު އެޅުމުގެ އިތުރުން ސްކޫލު އަދި ހޮސްޕިޓަލް އިމާރާތްކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!