އާއްމް ތަނެއްގައި ޖިންސީ އަމަލް ހިންގާ ވީޑިޔޯ ވަނީ މުޅިގައުމަށް ފެތުރިފަ އެވެ. ރައުދާއި ޔުމްނުގެ ލޯބީގެ ކުޅިގަނޑުގައި ޖެހި މުޅި ގައުމު ހުއްޓުމަކަށް އައިސްފި އެވެ.
އިމާރާތެއް 9 ވަނަ ބުރިން ވެއްޓިފައި އޮށްވައި ފެނުނު ޔުމްނު އެ އިމާރާތުން ވެއްޓިފައި ވަނީ އެލޯބީގެ ކުޅިގަނޑުތެރޭގައި ކެއްނުކުރެވޭނެ ޖަޒުބާތީ ކަންތައްތަކެއް ހިނގުމަށްފަހު ކަމަށް މިހާރު ވަނީ ގާތްގަނޑަކަށް ޔަގީން ކުރެވިފަ އެވެ.
ޔުމްނާއި ރައުދު ގެއެއްގެ ސިޑި ގޮޅީގައި ލޯބީ ކާފަރުކުޅުމުގެ އަމަލްތައް ބަންޑުން ކޮށްލާފައިވާއިރު މިއަމަލްތަކުގެ ހުސްގަޔާ ތިބެ ދެމީހުން ޖިންސީ އަމަލްތައް ކުރަމުންދާތަން ފުލުހުން އާއްމު ކުރި ވީޑިޔޯތަކުން ސާފްކޮށް ފެނެ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އާއްމް ސިޑި ގޮޅިއެއްގައި ލޯބާއި އެކު އެ ދެލޯބިވެރިން ޖިންސީ ލައްޒަތު ހޯދައިފައި ވަނީ އިންތިހާއަށެވެ. އެ ދެލޯބިވެރިން ތަޅުންމައްޗައް ވެއްޓި ބައްދާ މަންޒަރު ވީޑިޔޯތަކުން ފެންނައިރު ކޮޅަށްތިބެ ޖިންސީ ލައްޒަތު ލިބިގަންނަތަން ވެސް ވީޑިޔޯތަކުން ސާފްކޮށް ފެންނަން ހުރެ އެވެ.
ފުލުހުން ބުނާ ގޮތުން އަމަލްވެގެން ތިބި މި ދެ ލޯބިވެރިންގެ ޖިންސީ ލައްޒަތު ނިމުން ހިތި ގޮތަކަށް ނިމިގެން ގޮސްފައި ވީނަމަވެސް އަދިވެސް ކަންވެގެން ދިޔަގޮތެއް ރައްޔިތުންނަކަށް ސާފެއް ނޫނެވެ. ސިޑި ގޮޅީގައި އިރުގަނޑަކަށް ދެމިގެންދިޔަ ލޯބީގެ ޖަޒްބާތީ އުތުރިއެރުންތަކުގެ ނިމުން ހިތްގައިމެއް ނޫނެވެ.
އުމުރުން އެންމެ 21 އަހަރުގެ މި ދެ ލޯބިވެރިންގެ ދެމެދުގައި ހިންގި ލޯބީގެ މަންޖޯޅިވުމެއްގެ ނިމިގެންދިޔަ ގޮތުން މުޅި ގައުމުގެ ނަޒަރު މިކަމަށް ވަނީ ހުއްޓިފަ އެވެ.