ޑްރަގް ބޮއިގެން، ސިޑި ގޮޅީގައި އޮރިޔާންވެ، ޒިނޭ ކުރުން ދިވެހިންނަށް ގޯހަކަށް ނުވި!
ދެންމެ | 27 އޭޕްރިލް 2025

ޑްރަގް ބޮއިގެން، ސިޑި ގޮޅީގައި އޮރިޔާންވެ، ޒިނޭ ކުރުން ދިވެހިންނަށް ގޯހަކަށް ނުވި އެވެ. މިއީ މިއަދު ދިވެހި އިސްލާމީ މުޖުތަމައުގެ ހާލަތެވެ. އެވާހަކަ ދައްކާލާނެ މީހަކުވެސް ނެތެވެ.

މަސްތުގެ ހާލަތުގައި އިމާރާތެއް 9 ވަނަ ބުރިން ވެއްޓިފައިވާ އަންހެނަކަށް އިންސާފް ހޯދަން ދިވެހިން ހޯއްގޮވަމުންދަނީ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާއްމްކުރި ވީޑިޔޯތަކުން ކަށަވަރުވެފައިވާ ގޮތުގައި އެއަންހެނާ ފެންލައިޓަކުން ވެއްޓުމުގެ ކުރިން އެއިމާރާތުގެ ސިޑި ގޮޅީގައި ވަނީ އާދަޔާ ހިލާފަށް ފާހިސް އަމަލްތައް ހިންގާފަ އެވެ. އެހެންނަމަވެސް މި އިސްލާމީ މުޖުތަމައަށް މިކަން މިއަދު މައްސަލައަކަށްނުވި އެވެ. ގޮވަނީ މަސްތުގެ ހާލަތުގައި ބަރަހަނާވެ ފާހިސް ނުބައި އަމަލް ހިންގި އަންހެނާގެ އިންސާފް ދިނުމަށެވެ. އިންސާފް ދޭންވީ ކާކަށް ކަމެއް ނޭނގެ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެނުބައި އަމަލް ހިންގާފައި ވަނީ ދެ ޖިންސުގެ ދެ މީހަކު ރުހި ގަބޫލުވެގެންނެވެ. ތެދެކެވެ. އެއަންހެނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދޭންޖެހެ އެވެ. އެހެންނަމަވެސް އެ ދެ މީހުން ހިންގި ނުބައި އަމަލްތަކުގެ އަދަބާއި އެ ދެމީހުން ވެސް ކުރިމަތިލާން ޖެހޭނެ އެވެ. މިނުބައި އަމަލްތައް ހަމައެކަނި އެފިރިހެން ކުއްޖާ ބޮލަށް ޖެހުމަކީ އިންސާފެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!