އިންޑިޔާއިން ހަނދަށް ދިއުމުން ރައީސް އިބުރޭ ފަހުރުވެރި ވެއްޖެ
ދެންމެ | 23 އޯގަސްޓް 2023
އިންޑިއާއިން ހަނދަށް ދިއުމަކީ ރާއްޖެވެސް ފަހުރުވެރިވާކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އިންޑިއާއިން ހަނދަށް ދިއުން ފާހަގަކޮށް، އެކަމަށް ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހުގެ ޓްވީޓްގައި ވިދާޅުވީ އިންޑިއާއިން ހަނދަށް ދިއުމަކީ އެކަމުގެ ސަބަބުން އިންސާނީ ކުރިއެރުމާއި ސައިންޓިފިކް ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އަދި އެ ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

އިންޑިއާއިން ހަނދަށް ފޮނުވި ޗަންދްރަޔާން-3 މީގެ ކުރިން ދިރާސާތައް ކޮށްފައިނުވާ، ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދު ތިރިކުރީ ރާއްޖޭ ގަޑިން ހަވީރު 5:34 ގައެވެ.

މިއާއެކު އިންޑިއާއަށް ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއަށް ފަހު ހަނދަށް އުޅަނދެއް ފޮނުވި ގައުމުގެ ޝަރަފް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!