އަދާލަތު ޕާޓީގެ ރައީސްކަމަށް މިނިސްޓަރު ޝަހީމް ކުރިމަތިލަން ނިންމައިފި
ދެންމެ | 30 އޭޕްރިލް 2025

އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރިމަތިލައްވާ ގޮތަށް ނިންމަވައިފި އެކަން މިއަދު އިއުލާނުކުރައްވައިފިއެވެ.

މި ނިންމެވުމާއެކު، ޝަހީމް ވަނީ އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފަ އެވެ.

ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު، ޕާޓީގެ އެންމެ އިސް މަގާމަށް ވާދަކުރެއްވުމަށް ނިންމެވުމަކީ ސިޔާސީ މައިދާނަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެ އެވެ. ޝަހީމަކީ މީގެ ކުރިންވެސް އަދާލަތު ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!