އިގްތިސާދީ ދަތިކަމާއިއެކު ބައިޑެންނާއި ނުފޫޒު ގަދަ ގައުމުތަކުގެ ވެރިން ބައިވެރިނުވާ ކޮލިލުމަށް އިބޫގެ ހަރަދަށް 10 މިލިޔަން
ދެންމެ | 07 މެއި 2023

އިގްތިސާދީ ދަތިކަމާއި އެކު އެމެރިކާ އާއި އެތައް ގައުމެއްގެ ވެރިން ބައިވެރިނުވާ އިނގިރޭސި ވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް އާއި އިންޑިޔާގެ ބޮޑު ވަޒީރާއި ޗައިނާ އަދި ސައުދީ ފަދަ ދުނިޔާގެ ނުފޫޒު ގަދަ އެއްވެސް ވެރިޔަކު ބައިވެރިވަޑައިގެންފައި ނުވާ ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗާލްސްގެ ކޮލިލުމަށް ރާއްޖެއިން 25 ސަރުކާރުގެ ނޯކަރުންގެ ޓީމެއް ބައިވެރިވި އެވެ.

މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ނެވެ. އޭގެ ތެރޭގައި ބޮޑަށް ބައިވެރިވެފައި ވަނީ ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ފަގީރު ޤައުމުތަކުގެ އިސްވެރިން ނެވެ.

ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްއިން، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ ޢިއްޒަތުގައެވެ.

ހިޒް މެޖެސްޓީ ކިންގް ޗާލްސް 3ވަނަ އުފަންވެވަޑައިގެންނެވީ 1948 ގައެވެ. ކުރިން ޕްރިންސް އޮފް ވޭލްސް އަދި މިހާރު ކިންގް ޗާލްސް3 ވަނައަށް ރަސްކަން ވާރުތަވެވަޑައިގެންނެވީ 1952 ވަނަ އަހަރު ރާނީ އެލިޒަބަތު 2ވަނަ ތަޚުތުގައިވެޑުވުމާއި ހަމައިންނެވެ. އެއަށްފަހު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ 8 ވަނަ ދުވަހު، ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވެވަޑައިގެންނެވުމާއި ގުޅިގެން ރަސްކަމުގެ ތަޚުތާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ. އަދި މިއަދުގެ ބޭއްވި ކިންގް ޗާލްސް 3ވަނަ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި، ކުރީގެ ހަރ ރޯޔަލް ހައިނަސް ޑަޗަސް އޮފް ކޯންވޯލް މިހާރުގެ ހަރ މެޖެސްޓީ ކުއީން ކެމީލާވެސް ތަޚުތުގައިވެޑުވުން އޮތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!