ޒުވާނުންގެ މުޒާހަރާގެ ބައިވެރިން ރައީސް ޑރ. މުއިއްޒަށް ސުކުރާއި ސަނާ އަދި ތައުރީފް އަނެއްކާ ވެސް ރައްދު ކުރައްވައިފި
ދެންމެ | 01 މެއި 2025

މާލޭގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަނެއްކާވެސް ޝުކުރު ދަންނަވައިފި އެވެ.

”ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަން“ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު އަޝްފާގު ބުނީ ފާއިތުވެދިޔަ 6 ދުވަހު ކުރި މުޒާހަރާގައި ޒުވާނުންގެ އަޑުއައްސަވާ ރައީސް ފެއްޓެވި މަސައްކަތް ބަލައިގަންނެ ޝުކުރުވެރިވާ ކަމަށެވެ.

މީގެ ކުރިންވެސް އޭނާއާއި އެހެން ޒުވާނަކު ދިން ”ޖަވިޔަނި“ ނޫހަށް ދިން އިންޓަވިއުގައި ވެސް ރައީސް މުއިއްޒުއަށް ޝުކުރު އަދާކޮށްފައިވެއެވެ.

ސަމާބީޗްގައި ބޭއްވުނު ބައްދަލުވުމުގައި އަޝްފާގު ވިދާޅުވި ގޮތުގައި މުޒާހަރާގެ މައިގަނޑު މަގްސަދަކީ މިމަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ކުއްޖާއަށް އިންސާފް ހޯދާދިނުމެވެ. އަދި މިހަރަކާތަކީ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ނޫންކަމަށާއި، އަދުލު އިންސާފް ގާއިމްކޮށް އެންމެންނަށް އެއް ގާނޫނެއް ތަންފީޒުކުރުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ ކުރިންވެސް ސަރުކާރުން ޒުވާނުންނަށް ކޮށްދިން ރަނގަޅު ކަންތައްތައް ބަލައިގަންނަކަމަށްވެސް އަޝްފާގު ވަނީ ފާހަގަކޮށްފަ އެވެ.

މިއިހުތިޖާޖުގެ ސަބަބުން ވިޔަފާރިތަކަށް ބުރުއަރާ އާންމުންނަށް އުނދަގޫވާކަން ފާހަގަކޮށް މިކަންކަމަށް ހުރިހާ އެންމެންގެ ފަރާތުން އަޝްފާގުވަނީ މައާފަށް އެދިފައެވެ. އަދި ޒުވާނުންކުރާ މިއިހްތިޖާޖުގެ އެއްވެސް އެއްވުމެއްގައި މެއި ޑޭއާ ގުޅޭނެ އެއްވެސްކަމެއް ނުކުރާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ. ޒުވާނުން އެދެނީ ގައުމު އިސްލާހުކޮށް ސުލޫކީ މިންގަނޑުތަކަށް ގައުމު ފެއްތުމާއި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް ރަނގަޅު ފަރުވާއެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް އަޝްފާގު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!