އައުގުރާނަ ގޮވައި ނާޗަރަންގީކުޅެ، މިއުޒިކާއިއެކު ޕާޓީކުރި ދެކެނައިންގެ ޕައްޓި މުޒާހަރާ ރޫޅާލުމުން ރައްޔިތުންގެ ތައުރީފް ފުލުހުންނަށް އޮއްސާލައިފި
ދެންމެ | 02 މެއި 2025

އައުގުރާނަ ގޮވާ ދެކެނައިންގެ ޕައްޓި މުޒާހަރާ ރޫޅާލުމުން ރައްޔިތުންގެ ތައުރީފް ފުލުހުންނަށް އޮއްސާލައިފި އެވެ.

ޕައްޓި މުޒާހަރާ ހުއްޓުވި ސަބަބު ހާމަކޮށް ފުލުހުން ސޯސިއަލް މީޑިޔާގައި އާއްމުކުރި ބަޔާނަށް ހަމައެކަނި ފޭސްބުކުން ވެސް ރައްޔިތުން މިހާތަނަށް ވަނީ 1500 އަށްވުރެ ގިނަ ރިއެކްސަނާއި 350 އަށްވުރެ ގިނަ ކޮމެންޓާއި 300 އަށްވުރެ ގިނަ ސެއަރ ވަނީ ލިބިފަ އެވެ.

ފުލުހުންގެ ޕޯސްޓަށް ރައްޔިތުން ހިތުންނާއި ބޮޑު ވައި އިނގިލިން ތައުރީފްކޮށްފައިވާއިރު ކޮމެންޓްތަކުން ވެސް ވަނީ ރައްޔިތޔުންގެ އުދާސްތައް ހާމަ ކޮށްފަ އެވެ.

ރޯ އައުގުރާނަ ގޮވުމާއި ނާޗަރަންގީ ކުޅުމާއި މިއުޒިކާއިއެކު ޕާޓީ ކުރުން ކުރިއަށް ގެންދިޔަ މި އިހްތިޖާޖް ފުލުހުން ހުއްޓުވާފައި ވަނީ ފަސޭހަ ކަމާއިއެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!