ރައީސް އިއްޔެ ދެއްކެވީ މީޑިޔާގެ މިނިވަންކަމަށް ދެއްވާ އަހުމިއްޔަތުގެ ރަމުޒް: މުހްތާޒް
ދެންމެ | 04 މެއި 2025

ނޫސްވެރިިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް ނޫސްވެރިނަށް ދެއްވީ މިނިވަން ކަމުގެ ރަމްޒީ ހަދިޔާއެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަ ކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ވަނީ ފަނަރަ ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވި ދުނިޔޭ ރިކޯޑެއް ގާއިމް ކުރައްވާފަ އެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން އެކްސްގައި މުހްތާޒު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ވަކި މީޑިޔާއެއް ތަފާތު ކުރުމެއްނެތި މުޅި ދުވަސް މީޑިޔާތަކާއި ނޫސްވެރިންނަށް ހުސްކޮލުން ދޭހަ ވަނީ އެމަނިކުފާނު ނޫސްވެރިކަމުގެ މިނިވަން ކަމަށް ދެއްވާ އަހުމިއްޔަތު ކަމަށް ކަމަށެވެ.

”ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ދިވެހި ނޫސްވެރިންނަށް ރައީސް ޑރ. މުއިއްޒު ދެއްވީ މިނިވަންކަން ރަމްޒުކުރެވޭ އަގުހުރި އިހްލާސްތެރި ހަދިޔާއެކެވެ. ވަކި މީޑިޔާއެއް ތަފާތު ކުރުމެއްނެތި މުޅި ދުވަސް ނޫސްވެރިންނާއި އެކު ހޭދަކުރެއްވުން ރަމްޒުކޮށްދިނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެއްވާ އަހުމިއްޔަތު.“

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދެއްވާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ މި ނޫސްވެރިންގެ ބައްދަލުވުމަށް ވަނީ ދުނިޔޭގެ ސަމާލުކަން ހުއްޓިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!