ދިވެހި އަންހެނުން ހިތްތައް ޖަޒުބާތު ކޮށްލީ ރައީސް އިބުރޭ: ރޮޒައިނާ
ދެންމެ | 20 އޯގަސްޓް 2023

ރާއްޖޭގެ އަންހެނުންގެ ހިތްތަކުން އެންމެ ބޮޑު ޖާގަ ހޯއްދެވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ކުރިއަށްގެންދިޔަ ”ޓީ ވިތް އިބޫ“ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުންގެ ހިތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖާގަ ހޯއްދަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އަންހެނުންގެ އިހުސާސްތައް އެންމެ ބޮޑަށް ދެނެވަޑައިގެންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އަންހެނުންނަކީ ތިބޭ ބަޔެއްކަން އެނގިވަޑައިގަތީ ރައީސް ސާލިޙު އަށް ކަމަށެވެ. އަދި އަންހެނުންނަށް ފުރުސަތުތައް ހޯދައިދޭންޖެހޭކަން އެނގިވަޑައިގެންނެވި ހަމައެކަނި ރައީސް ސާލިހަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ކުރިއެެރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރޮޒެއިނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންނާއި ޑިފެންސް މިނިސްޓަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖެއްސެއްވީ ވެސް ރައީސް ސޯލިހު ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރީ ވެސް މި ސަރުކާރުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ކައުންސިލްތަކުގެ 39 ޕަސެންޓަކީ އަންހެނުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އޭގެ ކުރިން އެ އަދަދު ހުރީ ފަސް ޕަސެންޓުގައި ކަމަށް ރޮޒެއިނާ ވަނީ ފާހަގަކުރަށްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!