ހޫތީން ހަމަލާއަށް ތައްޔާރުވެ، އިންޒާރު އެއަރލައިންތަކަށް، އިސްރާއީލް އެއަރޕޯޓް ޖެހޭނީ ބަންދު ކުރަން!
ދެންމެ | 05 މެއި 2025

ބައިނަލްއަގުވާމީ އެއަރލައިންތައް މިހާރުން މިހާރަށް އިޒްރޭލަށް ނުދިއުމަށް ވަނީ ގޮވާލައި ހޫތީން އިންޒާރު ދެއްވައިފިއެވެ.

ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުން ދާނަމަ ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމަށާއި މިހާރުވެ ތިބީ ތައްޔާރަށް ކަމަށް ހޫތީން ބުނެފައިވެއެވެ.

ޔަހޫދީންގެ މައި އެއަރ ޕޯޓު ދެން ޖެހޭނީ ބަންދުކުރަން. މިހާރު މިދަނީ އެމެރިކާގެ މަނަވަރުތަކާއި ޔަހޫދީ އިޒްރޭލަށް ފުލު ފުލުގައި ހަމަލާތަށް ދިނުމަށް ތައްޔާރުވަމުން- ހޫތީންގެ އިންޒާރު

ހޫތީން ހަރުކަށި އިންޒާރު ދީފައިވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކާބޯތަކެތި ނުލިބުމުން އިއްޔެ އެކަނިވެސް ޣައްޒާގައި ވަނީ 57 މީހަކު މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!