ހަމަލާގެ ހުރިހާ މަގުސަދެއް ހާސިލްވި: އީރާން އަސްކަރިއްޔާ
ދެންމެ | 14 އޭޕްރިލް 2024

އިޒްރޭލަށް ދިން މިސައިލާއި ޑްރޯންގެ ހަމަލާތަކުގައި ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްވެފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

”އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް … ރޭގެ ވަގުތެއްގައި ފަށައި، ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްކޮށް، ފަތިހުގެ ނިޔަލަށް ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައި،“ އީރާން އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣޭރީ އީރާންގެ ގައުމީ ޓީވީއަށް ވިދާޅުވި އެވެ.

ނަމަވެސް އިޒްރޭލުން ބުނީ އީރާނުން 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯނުން ދިން ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.

އީރާނުން ވަނީ މިއީ މި މަހުގެ 1 ގައި ސީރިއާގައި އީރާންގެ އެމްބަސީއަށް ހަމަލާދީ އިސް ދެ ޖެނެރަލަކު އަވަހާރަކޮށްލި ހަމަލާގެ ބަދަލުހިފުން ކަމަށް ބުނެފަ އެވެ. އަދި މި ބަދަލު ހިފުން މި ހިސާބުން ނިމުނީ ކަމަށާއި އިޒްރޭލުން ރައްދުގައި ހަމަލާދީފި ނަމަ ރައްދުގައި އަނެއްކާ މާ ވަރުގަދަ އަށް ހަމަލާ ދޭނެ ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!