އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މާނައަކީ ބަޔަކަށް ހަމަލާދޭން އުޅުމެއްނޫން: ދިފާއީ ވަޒީރު
ދެންމެ | 07 މެއި 2025

ދިވެހި އަސްކަރިއްޔާގެ ގާބިލކަން އިތުރުކުރުމުގެ މާނައަކީ ބަޔަކަށް ހަމަލަދީ، އެފަދަ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވުންނޫންކަމަށް ފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުގައި އެމްޑީޕީގެ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމަކީ ދިވެހިން ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

1600 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ބޮޑު ބަޑިއާއި ، ކަނޑިއާއ،ި ލޮންސި ވެސް ގެންގުޅޭ ކަމަށާއި، ނަމަވެސް އަޅުގަނޑުމެން ދިވެހިން އިސްވެ އެއްވެސް ބަޔަކަށް ހަމަލައެއް ދީފައިނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިއިން އެއްވެސް އެއްޗެއް ހުރުމުގެ މާނައަކީ އަޅުގަނޑުމެން ބަޔަކަށް ހަމަލާއެއްދ،ީ އޮޕަރޭޝަނެއް ހިންގަން އުޅެ އެކޭ ނޫން، ޤައުމު ދިފާޢުކުރުމަކީ އިސްވެ ހަމަލާ ދިނުމެއް ނޫން، ދިފާޢުކުރެވޭނެ ގޮތް ހުރުމަކީ އިންޓަރނޭޝަނަލީ ގަބޫލުކުރާ މިންގަނޑެއް،“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އަސްކަރީ ގާބިލްކަން އިތުރުކުރުމަކީ ކޮންމެ މިނިވަން މުސްތަގިއްލު ޤައުމެއްގައި ހުންނަންޖެހޭ ގާބިލިއްޔަތެއްކަމަށެވެ. އަދި މަސައްކަތްކުރަށްވަނީ ދިވެހި ޤައުމާއި ރައްޔިތުންގެ މަސްލަހަތާއި، މިނިވަންކަމާއި އިސްތިގްލާލް ކަށަވަރުކުރަންކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!