އިބޫ ސަން ސިޔާމް ދަށުވެ، އެމްޑީޕީ މައިހަރުގެ އެމްޑީއޭ ޖަގަހައަށް ބަދަލު ކުރަން ނިންމައިފި
ދެންމެ | 18 މެއި 2023

އެމްޑީޕީ މައި ހަރުގެ ސަން ސިޔާމްގެ އެމްޑީއޭ ޖަގަހައަށް ބަދަލު ކުރަން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ބޮޑުތަކުރުފާނު މަގު އާޓިފިސަލް ބީޗް ކުރިމަތީ ހުންނަ އެމްޑީއޭ ޖަގަހައަށް އެމްޑީޕީ މައިހަރުގެ ބަދަލު ކުރަން ނިންމާފައި ރައީސް ސޯލިހްގެ އަމުރަށް ފައްޔާޒެވެ.

ސިޔާމްގެ އެމްޑީއޭ ޖަގަހައަށް ބަދަލުވުމަށް އެޕާޓީން ނިންމީ އެންމެ ފަހުން އެމްޑީޕީން މައިހަރުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތް ހުސްކުރުމަށް އެ އިމާރާތުގެ ވެރިފަރާތުން ނޯޓިސްދީ މިހާރު އެ އިމާރާތް އެހެން ފަރާތަކަށް ކުއްޔަށް ދިނުމުން ނެވެ.

ސިޔާމްގެ އެމްޑީއޭ ޖަގަހައަށް ބަދަލުވާން އެމްޑީޕީން ނިންމާފައިވާއިރު އެމްޑީޕީ އަކީ ސިޔާސީ އެންމެ ބޮޑު ޕާޓީގެ އިތުރުން ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ އެވެ. އެމްޑީއޭ އަކީ އެމްޑީޕީ އާއި ބަލާއިރު ވަރަށް ކުޑަ ޕާޓީ އެކެވެ.

2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ވެސް ބަލިވެ ވަޑައިގެންނެވި އިރު ބޭނުން ކުރެއްވި އެންމެ މުހިއްމު ޖަގަހަ އަކީ އެމްޑީއޭގެ މި ޖަގަހަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!