ފައިވާނެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު، ފަސް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
އުމުރުން 30 އަހަރުގެ މި މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި، މި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ފައިވާނެއް ވަގަށް ނެގުމުގެ ތުހުމަތެވެ.
އޭނާ އެ ފައިވާން ވަގަށް ނަގައިގެން އިނީ ވަދުފޮށި ފިހާރަ ކައިރީގައި ވިއްކަން ކަމަށްވެއެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ ބުނީ، އެއީ ކުނިކޮތަޅަކުން ނެގި އެއްޗެއް ކަމަށެވެ.
ފައިވާނެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ފަސް ދުވަސް ޖެހީ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުއެވެ.
ގުޅުންހުރި ލިޔުންތައް