ލާމް ފުވައްމުލަކު އަދި އައްޑޫގައި ބަހުގެ ހިދުމަތް ފަށަނީ.
ދެންމެ | 20 ޖޫން 2022

އެމްޓީސީސީން އައްޑޫސިޓީއަށް މިނީ ބަސް ތައާރަފް ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އަލުން ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އާއި ލ. އަތޮޅުގައެވެ.

މާލެ ސަރަޙައްދާއި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގެ ގަމާއި ފޮނަދޫއާއި އިސްދޫ ކަލައިދޫގައި ބަހުގެ ޚިދުމަތް ދިނުމަށް 50 އަހަރުގެ އެއްބަސްވުމެއްގައި އެމްޓީސީސީން ވަނީ ސަރުކާއެެކު އެއްބަސްވުމެއް ގާއިމްކޮށްފައެވެ.

އާޒިމް ވިދާޅުވީ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ބަސްތައް ގެނައުމަށް އޯޑަރ ކޮށްފައިވާކަމަށާއި އޯޑަރ ކޮށްފައިވާ ބަސްތަކުގެ ތެރެއިން 34 ބަސް ޚާއްސަކޮށްފައިވަނީ އަތޮޅުތަކުގެ ރަށްތަކުގައި ޚިދުމަތް ދިނުމަށްކަމަށެވެ.

އާޒިމް ވިދާޅުވީ ރަށްރަށުގެ މަގުތަކުގެ ޖާގައަށް ބެލުމަށްފަހު ރަށްރަށަށް ގެނައުމަށް ހަމަޖެހިފައިވަނީ 20 އާއި 25 މީހުންގެ ޖާގައިގެ މިނީ ބަސްތަކެއްކަމަށެވެ.

އަތޮޅުތަކަށް 34 ބަސް ގެންނައިރު މީގެ ތެރެއިން 2 ބަސް ޚާއްސަކުރަނީ އިސްދޫއާއި ކަލައިދޫއާ ދެމެދު ދަތުރުކުރުމަށެވެ. 7 ބަސް ލ.ގަމުގައި ދަތުރުކުރުމަށް ޚާއްސަކޮށްފައިވާއިރު ފުވައްމުލައް ސިޓީއަށް ގެންނަނީ 5 ބަހެވެ. އަދި ސ. ހުޅުމީދޫއަށް ގެންނަނީ 6 ބަހެވެ. އަދި ފޭދޫއަށް ގެންނަނީ 14 ބަހެވެ.

އެމްޓީސީސީން ގެންނަ މިބަސްތައް މާލެ އަންނާނެކަމަށް ލަފާކުރަނީ ޖުލައިމަހުގެ ފުރަތަމަ ހަފްތާގައިކަމަށާއި މިހާރު ބަސް ޕޯލް ނުވަތަ ބަސްހުއްޓިތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޚިދުމަތަށް ބޭނުންވާ ސްޓާފުން ރެކްރޫޓްކޮށް ތަމްރީން ދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު ބަހުގެ ހިދުމަތް ދެނީ ހަމައެކަނި އައްޑޫ ސިޓީ ފޭދޫއާއި ހިތަދޫއާ ދެތެރޭ އެކަންޏެވެ. އެއީ ސްކޫލްކުދިންނަށް ޚާއްސަކޮށްގެން ކުރާ ބަސްދަތުރުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!