ލަންކާގެ ރައީސް ކަމަށް އިދިކޮޅު ލީޑަރު ސަޖިތު ވާދަ ކުރައްވަނީ
ދެންމެ | 16 ޖުލައި 2022

ސްރީ ލަންކާގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ މިރޭ ހާމަކުރައްވައިފި އެވެ.

ލަންކާގެ ރައީސް ކަމުގެ މަގާމުން ގޮޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްްވުމާއި ގުޅިގެން ވަގުތީ ގޮތުން އެ މަގާމާއި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ މިއަދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

އާ އިންތިހާބެއް ބާއްވަންދެން އާ ރައީސަކު އައްޔަނު ކުރަންޖެހޭއިރު މި މަހުގެ 20 ވަނަ ދުވަހު އާ ރައީސަކު އިންތިހާބު ކުރުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ލަންކާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެކަން ސަޖިތް މިރޭ ޓުވީޓާގައި ވަނީ އިއުލާން ކުރަށްވާފައެވެ. ސަޖިތު ވަނީ 2019 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފައެވެ. ސަޖިތު ބަލިކުރައްވައި އެ އިންތިޚާބު ކާމިޔާބު ކުރެއްވީ މަގާމުން އިސްތިއުފާ ދެއްވި ގޮތަބަޔަ ރާޖަޕަކްސައެެވެ.

ލަންކާގެ ރައީސް ކަމަށް ސަޖިތު ވާދަކުރައްވާނެ ކަން އިއުލާން ކުރަށްވާފައިވާއިރު ލަންކާގެ ވެރިކަންކުރާ ޕާޓީ، ދަ ސްރީލަންކާ ޕޮޑުޖަނާ ޕެރަމައުނާ (އެސްއެލްޕީޕީ) އިން ވަނީ ރައީސް ކަމަށް ވަގުތީ ރައީސް ރަނިލް ގެންނަން ހުށައަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!