ރައީސްގެ އަމުރަށް ގަވައިދުން ފައިސާ ދޭން ފެށުމުން މަސްވެރިކަމަށް ނިކުންނަ ޒުވާނުން އިތުރު ކަމަށް ކެޔޮޅުން ބުނެފި
ދެންމެ | 19 މެއި 2025

48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަމަށް ކެޔޮޅުން ބުނެފިއެވެ.

ކެޔޮޅުންނާއި ގުޅިގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު ކެޔޮޅުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެޔޮޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ އެމަނިކުފާނާއެކު ކުރިން ބޭއްވި ބައްދަލުކުރެއްވުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ އުފާކުރާ ކަމަށެވެ. ކެޔޮޅުން ވަނީ މި ބައްދަލުކުރެއްވުމުގައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށާއި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކެޔޮޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!