ގަމު ބަދަރާއި ހިންނަވަރު ބަދަރުގެ ބޮޑު ބައެއް ނިންމާލައިފި
ދެންމެ | 17 ޖުލައި 2022

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 63 ޕަސެންޓް ވަނީ ނިމިފައި ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން ހިމެނޭކަމަށެވެ. އަދި ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މިމަޝްރޫއުގެ ދަށުން ކުރިއަށްދާނެކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 24.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!