އިރުގެ ތޫފާނެއް ދުނިޔެއަށް މިސްރާބު ޖަހައިފި، މުއާސަލާތާއި ނެވިގޭޝަނާއި ޕަވަރ ގްރިޑަށް ބޮޑެތި އަސަރު ކުރާނެ: ނާސާ
ދެންމެ | 23 މެއި 2025
ބިޔަ ސޯލާ ސްޓޯމެއް (އިރުގެ ތޫފާނެއް) ދުނިޔެއާ ދިމާއަށް އަންނަމުންދާ ކަމަށާއި މީގެ ސަބަބުން ދުނިޔޭގެ ކޮމިއުނިކޭޝަން، ނެވިގޭޝަން ސިސްޓަމް، އަދި ޕަވަރ ގްރިޑްތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ނާސާއިން އިންޒާރުދީފިއެވެ.

ނާސާއިން މި އިންޒާރު ދީފައިވަނީ ފާއިތުވި ހަފްތާގައި އިރުން ބޭރުވި ވަރުގަދަ ސޯލާ ފްލެއާއަކާ ގުޅިގެންނެވެ. މި ފްލެއާ އަކީ އެކްސް 2.7-ކްލާސް ސޯލާ ފްލެއަރއެއް ކަމަށްވާއިރު، މިއީ ސޯލާ ފްލެއަރތަކުގެ ތެރެއިން އެންމެ މަތީ ކެޓަގަރީއެވެ. މިފަދަ ފްލެއާ ތަކުގެ ދިގުމިން މިނެޓަކުން ފެށިގެން ގިނަ ގަޑިއިރުތަކަށް ދެމިގެންދެއެވެ. މިހާރުވެސް ޔޫރަޕް، އޭޝިއާ އަދި މެދުއިރުމަތީ ސަރަހައްދުތަކުގައި ރޭޑިއޯ ބްލެކްއައުޓް ތައް ފެށިއްޖެއެވެ. މީގެ އިތުރުން އެމެރިކާގެ އިރުމަތީ ސަރަހައްދުގައި ޕަވާ ސިސްޓަމްތަކަށް ބަދަލުތަކެއް ވެސް އައިސްފައިވެއެވެ.

ނާސާއިން ވަނީ އިތުރު އިންޒާރުތައް ދީ މި ސޯލާ ސްޓޯމް ގެ ސަބަބުން ”ރޭޑިއޯ ކޮމިއުނިކޭޝަން، އިލެކްޓްރިކް ޕަވާ ގްރިޑްތައް، ނެވިގޭޝަން ސިގްނަލްތައް، އަދި ސްޕޭސްކްރާފްޓް އަދި އެސްޓްރޯނޯޓުންނަށް ވެސް ނުރައްކާތަކެއް“ ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!