ދިވެހި ހައްޖާޖީންނަށް މައްކާގައި ކުލިނިކެއް ގާއިމް ކުރަން ނިންމައިފި
ދެންމެ | 23 މެއި 2025

ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަދީފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިވެހި ޙާޖީންނަަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނުން ޞިއްޙީ ފުރިހަމަ ނިޒާމެއް އެ ކްލިނިކްގައި ޤާއިމުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެގޮތުން، ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ޤާއިމުވެފައި ހުންނާނެކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއީ މިގޮތައް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރެވެ.

ސައުދީގައި ދިވެހި ހައްޖާޖީންނަށް ޚާއްސަ ކްލިނިކެއް ގާއިމްކޮށްފައި ވާއިރު، ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެ މައްކާ ރޫޓް އިނިޝިއޭޓިވްގައި ހިމެނުމަށް މިހާރު ސައުދީން ވަނީ ހުއްދަ ދީފައެވެ.

އެގޮތުން މައްކާ ރޫޓް އިނިޝިއޭޓިވް މި އަންނަ ހޯމަ ދުވަހު އިފްތިތާޙް ކުރާއިރު، މި މަހު 18 ގައި ވަނީ އެ ޓެސްޓް ކޮށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!