އީރާނުގެ ކިބައިން ސަލާމަތް ކޮށްދީ ހަނގުރާމައިގައި ބައިވެރިވުމަށް އިސްރާއީލުން އެމެރިކާގެ ކިބައިން އެދެފި
ދެންމެ | 15 ޖޫން 2025

އިސްރާއީލުން އެމެރިކާގައި އެދުނީ އީރާނާ ދެކޮޅަށް އަލަށް ފެށި އަސްކަރީ ކެމްޕޭނުގައި ބައިވެރިވުމަށް ކަމަށް އެކްސިއޯސް އިން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާއާއި އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫސްވެރިން ބުނެފައިވަނީ ފަރުބަދައެއްގެ ތެރޭގައި ފުންކޮށް ވަޅުލާފައިވާ އީރާނުގެ ފޯޑޯ ޔޫރޭނިއަމް މުއްސަނދިކުރާ ސަރަހައްދު ނައްތާލުމުގެ ގާބިލްކަން އިސްރާއީލުގައި ނެތް ކަމަށާއި އެތަން ފައިދާހުރި ގޮތެއްގައި އަމާޒުކުރުމަށް އެމެރިކާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު، އެކްސިއޯސް އިން ބުނި ގޮތުގައި، އިސްރާއީލުން ވޮޝިންޓަންގައި އެދުނީ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވުމަށް ކަމަށް ކަށަވަރުކޮށްދިން ނަމަވެސް މިވަގުތު އެ ވެރިކަމުގައި އެކަމަށް ނުބަލާ ކަމަށް ބުނެފައިވެ އެވެ.

އިސްރާއީލުގެ މަސްދަރަކާ ހަވާލާދީ އެ ނޫސްވެރިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ދާދި ފަހުން ކުރި މަޝްވަރާތަކުގައި ބޭނުން ނަމަ އެމެރިކާ ބައިވެރިވެދާނެ ކަމަށް ލަފާ ދެއްވާފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ހުކުރު ދުވަހު އެ ވާހަކަ ދޮގުކޮށްފަ އެވެ.

ވޮޝިންޓަނުން ވަނީ ދާދި ފަހުން އީރާނާ ދެކޮޅަށް ހިންގި އަސްކަރީ އަމަލުތަކުގައި އިސްރާއީލުން އެކަނި އަމަލުކުރި ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!