ޕީޕީއެމް ވެރިކަމެއްގައި ނޫސްވެރިންގެ މަސްދަރު މާއްދާ އުވާނަން: އާދަމް ސަރީފް
ދެންމެ | 22 ޖުލައި 2022

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ވެރިކަމެއްގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފައިވާ މާއްދާ އުވާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

45 އަހަރަށްފަހު ރާއްޖޭގައި ހެއްކާ ބެހޭ ޤާނޫނެއް ތަސްދީޤު ކޮށްފައިވާއިރު އެބިލުގައި ނޫސްވެރިން ޚަބަރު ފެތުރުމުގައި މަޢުލޫމާތު ހޯދާ މަސްދަރު ވަކި ޙާލަތްތަކެއްގައި ހާމަކުރަންޖެހޭ ގޮތަށް ވަނީ ހިމަނާއެވެ. އެކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ނޫސްވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެމާއްދާ ދިފާޢުކޮށް ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެމައްސަލާގައި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ މަސްދަރު ހާމަކުރާ ބިލް ސަރުކާރުން ތަސްދީޤު ކުރުމަށްފަހު ބަހަނާ ދައްކަމުން ދާކަމަށެވެ. އަދި މި ބިލުގެ ސަބަބުން ނޫސްވެރިންނަށް ބިރުވެރިކަމާއި ނޫސްވެރިކަން ކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

”ޕީޕީއެމްގެ ވެރިކަމެއްގައި ހެއްކާއި ބެހޭ ޤާނޫނުގެ މަސްދަރު ހާމަ ކުރަން ޖެހޭ މާއްދާ އުވާލާނަން.“ އަބުރުގެ ގާނޫނެއް ފާސްކޮށް ނޫސްވެރިންނާ މީޑިއާތަކަށް ބޮޑެތި އަދަބުތައްދީ ބޮޑެތި އަދަދު ތަކުން ޖޫރިމަނާކޮށް ބިރުވެރި މާހައުލެއް ގާއިމުކުރި ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ

ގުޅުންހުރި ލިޔުންތައް