އަލަމްގިރި އާއިއެކު 250 ފިރިހެނުން ބިޒްނަސް މީޓިންގ ބޭއްވި
ދެންމެ | 23 ޖުލައި 2022
ރާއްޖޭގައި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަނގުލަދޭޝްގެ އެމްޑީ އަލަމްގިރު ގުޅުން ހިންގި އަދަދު 250 އަށްވުރެ ގިނަ ވެފައިވާކަމަށް އަޑުފެތުރިއްޖެ އެވެ.

އަލަމްގިރު އާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ރާއްޖޭގެ އެކި ފެންވަރުގެ މީހުން ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ތުހުމަތަކަށްވެސް އަދި ހައްޔަރުކޮށްފައިވާކަން އެނގިފައެއް ނުވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން އަލަމްގިރު ހައްޔަރުކޮށް ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާގެ މައްސަލަ ވަރަށް ރަގަޅަށް އެނގޭ ބަޔަކު ވަނީ ފުލުހުންގެ އިދާރާގައި މި މައުލޫމާތުތައްވެސް ހިއްސާކޮށްފަ އެވެ.

އަލަމްގިރު 250 އަށްވުރެ ގިނަ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގާފައި ވަނީ މާލޭގައި އެޕާޓްމަންޓެއްގައި ހުންނަ ކޮޓަރިއެއްގަ އެވެ.

ހުރިހައި ފިރިހެނުންނާއެކުވެސް ޖިންސީ ގުޅުން ހިންގުމުގެ ކުރިންވެސް އެ ކުރާ ކަންތައްތަކުގެ ވީޑިއޯ ފޮޓޯ ނެގުމަށް އަލަމްގިރު ވަރަށް ބޮޑަށް ރާވާފައިވާކަންވެސް މި ދައުރުވަމުންދާ ވީޑިއޯތަކުންވެސް އެނގެން ހުރެ އެވެ.

މިހާތަނަށް އަލަމްގިރު އާއެކު އިއްޖިންސުން ގުޅުން ހިނގާފައިވާ ކަމަށް ލީކުވެފަިއވާ ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކު އެކަމަށް އެއްބަސްވެފަ އެއް ނުވެ އެވެ.

އެންމެންވެސް ވަނީ މިކަން ދޮގުކޮށްފަ އެވެ. ނަމަވެސް އަލަމްގިރު ވަނީ އެއީ އެންމެންނާ އެކުވެސް ކޮށްފައިވާ ކަމެއް ކަމަށާއި، އޭނާ އަކީ ފަގީރެއް ކަމަށާއި، ކުރެވުނު ކަންތަކުގެ ސަބަބުން ތައުބާވެ ދިވެހިންގެ ކިބައިން މާފަށްވެސް އެދިފަ އެވެ.

އަލަމްގިރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަށް ރެކޯޑު ކޮށްފައިވާ ކޮޓަރިއަށް ލީކުވެފައިވާ ވީޑިއޯތަކުން ތުހުމަތު ކުރެވޭ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ދިޔަ ކަމަށް އޭނާ ވަނީ މީސް މީޑިޔާ ތަކުގައި އެއްބަސް ވެފަ އެވެ. އަދި އެ ރޫމަށް ދިޔައީ ބިޒްނަސް މީޓިން އަކަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިހާތަނަށް އާންމުވި ވީޑިއޯތަކުން އަލަމްގީރާ އެކު ގުޅުން ހިންގި ކަމަށް ބެލެވޭ މީހުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކި ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިފުޅު އައްފާން އަބުދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާންޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!