މަކުނު ވިދުރި ޖެހުނު %98 އަކީ ލިވާތު ކުޅޭ ފިރިހެނުން: ދިރާސާ
ދެންމެ | 24 ޖުލައި 2022

މަކުނު ވިދުރި ޖެހުނު %98 މީހުންނަކީ އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުން ކަމަށް އެކަމާ ގުޅޭ ގޮތުން ހެދި ފުރަތަމަ ދިރާސާއިން ހާމަވެއްޖެއެވެ.

މަޝްހޫރު މެޑިކަލް ޖާނަލް، ނިއު އިންގްލެންޑް އިން މަކުނު ވިދުރިއާ ގުޅޭ ގޮތުން ހެދި ދިރާސާ މިހާރު ވަނީ ޕިއާ ރިވިއުކޮށް ޝާއިއުވެސް ކޮށްފައެވެ.

އެ ދިރާސާާގައި އިސްކޮށް އުޅުއްވި ބްރައުން ޔުނިވާސިޓީގެ އެޕިޑޮމޮލޮޖިސްޓް ޖެނީފާ ނުޒާ ވިދާޅުވީ މަކުނު ވިދުރި ފެތުރެނީ މުޅިންހެން އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި ކަން ދިރާސާގައި އެއްކުރި ޑޭޓާތަކުން މިހާރު ހާމަވެފައިވާ ކަމަށެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި މިހާތަނަށް ދުނިޔޭގެ 75 ގައުމަކުން މަކުނު ވިދުރީގެ 17،000 އަށްވުރެ ގިނަ ވޭދަނަ ވަނީ ފެނިފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ސްޕެއިން އިންނެވެ.

މަކުނު ވިދުރި (މަންކީ ޕޮކްސް) އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރޭ ވަނީ މުޅި ދުނިޔޭގައި އެމަޖެންސީ ވެސް އިއުލާންކޮށްފައެވެ.

ސިއްހަތު ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރެޔެސުސް ވިދާޅުވީ، މަކުނު ވިދުރީގެ ނުރައްކާ މުޅި ދުނިޔެއަށް އޮތީ ”މޮޑޭރޭޓް“ ކޮށް ކަމަށާއި ނަމަވެސް ވިލާތު ގައުމުތަކުގައި ބަލީގެ ނުރައްކާ ބޮޑު ކަމަށެވެ.

މަކުނު ވިދުރި އާއި ގުޅިގެން ޑރ. ޓެޑްރޮސް މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނު ކުރި ނަމަވެސް އެކަމާއި ގުޅިގެން އެޖަމިއްޔާގެ ކޮމިޓީއަށް އެއްގަލަކަށް މިހާތަނަށް އެރިފައެއް ނުވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަކުނު ވިދުރީގެ 17،000 އަށް ވުރެ ގިނަ ވޭދަނަ ފެނިފައިވެއެވެ. އަދި މި ބަލި ދުނިޔޭގެ 75 ގައުމަކުން ފެނިފައިވާ އިރު، ބަލީގައި ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް