ރާބޮއެ ޒިނޭ ކުރުމަކީ ރައީސް ސޯލިހް ނުކުރައްވާ ކަމެއްތޯ: އީވާ
ދެންމެ | 29 ޖުލައި 2022

ރާބޮއެ ޒިނޭ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުރައްވާ ކަމެއްތޯ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.

އީވާ މިސުވާލު ކުރެއްވީ މިރޭ އެމްޑީޕީގެ އެޑްވައިޒަރީ ކޮމެޓީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ކަމަށް ”ދިޔަރެސް“ އިން ވަނީ ރިޕޯޓް ކޮށްފައެވެ. އެގްރޫޕްގައި ރައީސް ސޯލިހް ވެސް އިންނަވައެވެ. ނަމަވެސް އީވާ ކުރެއްވި ސުވާލަށް ރައީސް ސޯލިހް އަދި އެއްވެސް ޖަވާބެއް ނުދެއްވައެވެ. އީވާ މިސެޖް ފޮނުވީ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރަން ކޯޓު އަމުރު ނެރުމުންނެވެ.

”ދިޔަރެސް“ އިން ބުނީ ރޭ އީވާ ފޮނުވި މެސެޖްގައި ”އިބޫސޯލިހު، ރާބޯތަނާއި ޒިނޭކުރާ ތަނާއި ވީޑިއޯއެއް އެރީމާތަ ހައްޔަރުކުރަނީ؟ (އެއީ) ކަލޭމެން ނުކުރާ ކަންކަން؟“ ރައީސް ސޯލިހް ޓެގް ކުރައްވާ އީވާ ސުވާލުކުރެއްވިއެވެ.

ރާބޮއެ ޒިނޭ ކުރުމަކީ ރައީސް ސޯލިހް ނުކުރައްވާ ކަމެއްތޯ އީވާ ސުވާލު ރޭ ސުވާލު ކުރައްވާފައި ވަނިކޮށް ރައީސް ސޯލިހް އަންހެން ކުއްޖަކާއި ޒިނޭކުރި ހަތަރު ފޮޓޯއެއް ލިބިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!