ރައީސް ހިޖާމާ ޖައްސަވާ ފޮޓޯ އަކީ އެޑިޓެއް: މަބުރޫކް
ދެންމެ | 03 އޯގަސްޓް 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހިޖާމާ ޖައްސަވާ މަންޒަރު ފެންނަ ފޮޓޯއެއް ދައުރުވާކަމަށް ދެކެވޭ ވާހަކަަތަކަކީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިކަން ހާމަކުރަށްވާފައި މިވަނީ ރައީސް ސާލިހުގެ ބަދުއަހުލާގީ ފޮޓޯތަކެއްކަމަށް ބުނެ ގެންގުޅެނީ އެމަނިކުފާނު ހިޖާމާ ޖައްސަވާ ފޮޓޯތަކެއްކަމަށް ބުނެ ޓްވިޓާގައި މީހަކު ހަދައިގެން ދައުރު ކުރަމުންދާ ފޮޓޯއަކާއި ގުޅިގެނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސާލިހު ހިޖާމާ ޖައްސަވާ ފޮޓޯތަކެއް ދައުރުވާކަމަށް އޭނާއާ ހަވާލާދީ ނޫހެއްގައި ޝާއިއުކޮށްފައިވާކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށެވެ. އަދި އެފަދަ ހަބަރެއް އެ ނޫހުގައި ޝާޢިއުކޮށްފައި ނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

”މިއީ ހަދައިގެން ދައްކާ ވާހަކަތަކެއް. އެފަދަ އެއްވެސް ވާހަކައެއް ނުދައްކަން. އަދި ހަބަރު ލިޔުނުކަމަށް ބުނާ ނޫސްވެރިޔާ އެ ޔަގީންކޮށްދޭ އެފަދަ ލިޔުމެއް ނުލިޔާކަން.“ މަބްރޫކްގެ ޓްވީޓްގައިވެއެވެ.

ރާއްޖޭގައި މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގެ ވާހަކައަކާއެކު އެކި ފަރާތްތަކުގެ އަގު ވައްޓާލަން ބައެއް ފަރާތްތަކުން އަސްލު ނޫން ފޮޓޯއާއި އެހެނިހެން ތަކެތި އަންނަނީ އާއްމުކުރަމުންނެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެންވެސް ހަޤީޤަތާއި ހިލާފު ވާހަކަތައް ދަނީ ދައުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް