ރައީސް ނަސީދު ފޯނު ޖަހައިގެންފި
ދެންމެ | 03 އޯގަސްޓް 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު މީހަކު ޖަހައިގެންފިއެވެ.

ނަޝީދުގެ ފޯނު ޖަހައިގަތީ އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ދަރިކަނބަލުންނާއެކު ކޭން ބައްލަވަން އިންދާ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ރެސްޓޯރެންޓަށް ވަން މީހަކު ކުއްލިއަކަށް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިޔައީއެވެ.

ނަޝީދުގެ ފޯނު ޖަހައިގަނެގެން ގޮސްފައިވާކަން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ކަށަވަރުކޮށްދީފައެވެ.

ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.

އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް އީވާ މަޖިލީސް ގްރޫޕްގައި ވިދާޅުވުމުން މަޖިލީސްގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެމަނިކުފާނު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ރިމޫވް ކޮށްފައެވެ.

ނަޝީދު ރާއްޖެއިން ބޭރުގައި ހުންނައިރުވެސް އެމަނިކުފާނުގެ ސެކިއުރިޓީ ފޯރުކޮށްދޭ ކަމަށް އެމްއެންޑީއެފް މީޑިޔާތަކަށް މައުލޫމާތުދެމުން ވަނީ ބުނެފަ އެވެ.

އެކަމަކު މިއަދު ނަޝީދުގެ ފޯނު ޖަހައިގެން ދިޔައިރު އެމަނިކުފާނުގެ އަރިހުގައި ބޮޑީގާޑުން ތިބިކަން ނުވަތަ ނެތްކަން އަށް ކަށަވަރު ވެފައެއް ނުވެއެވެ.

ރައީސް ނަސީދުގެ ފޯނު ޖަހައިގެންފައި މިވަނީ ރައީސް ސޯލިހްގެ ޖިންސީ ގުޅުން ހިންގާ ފޮޓޯތަކެއް އެމަނިކުފާނަށް މީހަކު ވަޓްސް އެޕުން ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!