އައްޑޫ ބޯޓެއް ލާމު އަތޮޅު ގިރިއަކަށް އަރައިފި
ދެންމެ | 10 އޯގަސްޓް 2022

އައްޑޫ ބޯޓެއް ލާމު އަތޮޅު ފަރަކަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލެ އިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރަމުންދިޔަ އައްޑޫ ”ނިއުލައިން“ ނަމަކަށް ކިޔާ ބޯޓު ލ. އަތޮޅު މާމެންދޫ ފަރަކަށް އަރާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، 16 މީހުންނާއެކު ފުރައިގެން މާލެއިން އައްޑޫއަށް ދަތުރުކުރަމުންދިޔަ ”ނިއުލައިން“ ކިޔާ މުދާ އުފުލާ ބޯޓެއް، ލ.މާމެންދޫގެ އުތުރުފަރާތު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ރޭ 03:25 ހާއިރު ލިބިފައިވާއިރު، ބޯޓުގައި ހުރި މުދާތައް ލ.މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ފަރަށް އެރި މުދާ އުފުލާ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެެއް ބޭލުމަށް ފަހުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!