ރައީސް އިބުރޭ ވައްޓާލައި ރިޔާސީ ރޭހްގެ ދެވަނަ ޑިމޮކްރެޓިކުން ޔަގީން ކޮށްފި
ދެންމެ | 26 އޯގަސްޓް 2023

ރިޔާސީ އިންތިހާބު ވޯޓަށް ކުޑަތަން ވަމުން އަންނަ އިރު އެމްޑީޕީއަށް އޮތް ތާއީދާއި ސަޕޯޓް ފަޑުވެ ރައީސް ނަސީދުގެ ޑިމޮކްރެޓިކް ޕާޓީގެ ތާއީދު އިތުރުވެ ރިޔާސީ ރޭހްގެ ދެވަނަ ޔަގީން ކުރައްވާފައިވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ޔަގީންވެފައިވާއިރު, ދެވަނަ ބުރަށް ނުގޮސް މިހާރުގެ ރައީސް އިބުރޭ ފެއިލް ވާނެ ކަންވެސް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފުރަތަމަ ބުރުގެ ތަރުތީބު ވެގެންދާނީ:

1. ޕީއެންސީގެ ކެޑިޑޭޓް މުއިއްޒާއި ސެމްބެ.

2. ޑިމޮކްރެޓިކް ކެޑިޑޭޓް އިލްޔާސާއި އަމްރް.

3. އެމްޑީޕީ ކެޑިޑޭޓް ރައީސް އިބުރޭ އާއި އަސްލަމް.

4. ޖޭޕީ ކެޑިޑޭޓް ގާސިމާއި އަމީން.

ފުރަތަމަ ބުރުގައި ޕީއެންސީ ކެޑިޑޭޓް މުއިއްޒު 82 ހާހެއްހާ ވޯޓް ނަނގާނެ ކަމަށް ބެލެވޭއިރު ދެވަނަ އޮންނާނެ ކަމަށް ޔަގީންވެފައިވާ ނަސީދުގެ ޑިމޮކްރެޓިކް ޕާޓީން 65 ހާހެއްހާ ވޯޓް ނަނގާނެ ކަމަށް ބެލެވެ އެވެ. އަދި ތިން ވަނަ ކަށަވަރުކޮށްފައިވާ ރައީސް އިބުރޭ 50 ހާހެއްހާ ވޯޓް ނަގާނެ ކަމަށް ބެލެވޭއިރު ގާސީމް ވެސް ރައީސް އިބުރޭ އާއި ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ޑިމޮކްރިޓުން ކެޑިޑޭޓުންނާއި ރައީސް ނަސީދާ ކެމްޕޭން ޓީމްތައް ފޯރީގައި ނިކުމެ, ކެމްޕޭން ކުރައްވަމުން ގެންދާއިރު ދިވެހި އުދަރެހުގެ މަންޒަރު ބަދަލު ވެއްޖެ އެވެ.

އެމްޑީޕީ ރޫޅާ ލައްވާނެ ކަމަށް ވިދާޅުވެ ރައީސް ނަސީދު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އެމްޑީޕީ ހަރުކަށި އެކްޓިވިސްޓުން މިހާރު ގެންދަވަނީ އެމްޑީޕީ ދޫކޮށް އެމަނިކުފާނަށް ބައިއަތު ހިފަމުން ނެވެ. އަދި ފޯރީގައި ނިކުމެ އިއްލިއަމްރް އިންތިހާބު ކުރައްވާނެ ކަމަށް އަންނަނީ ބުނަމުން ނެވެ.

ޑިމޮކްރިޓުންގެ ޓީމްތައް މުޅި ރާއްޖޭގައި ފަތު އަޑު ކިޔާފައި ފެތުރިގެންފައިވާ އިރު ކުރިން އެމްޑީޕީ ތެރޭގައި އޮތް ފޯރި އާއި ޖޯސް މިހާރު ފެންނަމުން ދަނީ ޑިމޮކްރިޓިކްގެ ތެރެއިން ނެވެ.

ރިޔާސީ ކެޑިޑޭޓުންގެ ކެމްޕޭން ޓީމުތަކުން ފޯރީގައި ކެމްޕޭން ކުރަމުންދާއިރު ރައީސް އިބުރޭ މިހާރު ގެންދަވަނީ ރައީސް ނަސީދާއި ޑިމޮކްރެޓިކުންނަށް ބަހުގެ ހޫނު ހަމަލާތައް ރައްދު ކުރަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!