ނާޒިމް ދޫކޮށްލީ ބަންދު ބަހައްޓަން ޖެހޭ ސަބަބެއް ނެތިގެން: ފުލުހުން
ދެންމެ | 12 އޯގަސްޓް 2022

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ބަންދުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ އާލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ރޭ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ނާޒިމް ސައްތާރު ހައްޔަރުކުރީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ހުއްޓައެވެ.

ހައްޔަރުކުރުމަށްފަހު ނާޒިމްގެ ބަންދަށް 7 ދުވަސް ޖެހުމަށްފަހު، އެ މުއްދަތު ހަމަވުމުން އިތުރު 7 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ނާޒިމް ރޭގައި ބަންދުން ދޫކޮށްލީ އެ މުއްދަތު ހަމަވުމުންނެވެ.

ފުލުުހުން ބުނީ މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރި 3 މީހަކު ދޫކޮށްލާފައިވާކަމަށެވެ. އަދި އެމީހުން ދޫކޮށްލީ އެމީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު، އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތްކަމަށް ޕީޖީ އޮފީހުން ނިންމުމާއި ގުޅިގެންކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކުރާނެ ކަމަށެވެ.

ނާޒިމް ދޫކޮށްލާފައިވާއިރު ފުލުހުން މިހާރު ވަނީ މައްސަލާގެ ތަހުގީގު ނިންމައި, ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގައި ނާޒިމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އަދި ފުލުހެއްވެސް ހައްޔަރުކުރިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!