މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިރޭ ދެ މީހަކު ޒަހަމް ކޮށްލައިފި
ދެންމެ | 16 އޯގަސްޓް 2022

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިރޭ ދެ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގައި މާރާމާރީއެއް ހިންގާފައިވާކަމަށް މިރޭ 9:12 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާ ލިބުނު ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!